ވިސާއާ ނުލައި ދިވެހިންނަށް މޮންގޯލިއާއަށް ދަތުރުކުރެވޭ ގޮތް ހަދައިފި

ޚަބަރު ފަހުގެ

ވިސާއާ ނުލައި ދިވެހިންނަށް މޮންގޯލިއާއަށް ދަތުރުކުރެވޭ ގޮތް ހަދައިފިއެވެ.

ހޯމަ ދުވަހު ފޮރިން މިނިސްޓްރީން ބުނީ މޮންގޯލިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލާ 12 ޖެނުއަރީ 2024 އިން ފެށިގެން ދަތުރު ކުރެވޭނެ ކަަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖެއާއި މޮންގޯލިއާއެކު ގާއިމްކުރި ވީސާއާ ގުޅޭ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ދުރާލާ ވިސާ ނެގުމަކާއި ނުލައި 30 ދުވަހުގެ މުއްދަތަކަށް ދަތުރުކޮށް، ޓްރާންސިޓް ވެވޭނެއެވެ.

ވިސާގެ އެއްބަސްވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ދިގު މުއްދަތަކަށް މަޑުކުރަން ނުވަތަ ވަޒީފާ އަދާކުރަން ނުވަތަ ކިޔަވަން ދާން ނުވަތަ މޮންގޯލިއާގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހިން ދަތުރުކުރުމުގެ ކުރިން އެކަށީގެންވާ ވިސާ އެއްނަގަން ޖެހޭނެ ކަމަށެވެ.

ރާއްޖޭ އާއި މޮންގޯލިއާ ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 17 އޮގަސްޓް 2023 ގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބެވެ. މޮންގޯލިއާގެ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މޮންގޯލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގެންބޯލްޑް ޑަމްބަޖޭވްއެވެ.

މިހާރުވެސް 90 އަށްވުރެ ގިނަ ގައުމަށް ވިސާ ނެތި ދިވެހިންނަށް ދަތުރުކުރެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ