“ޤައުމިއްޔަތު” މާއްދާ ޕައިލެޓްކޮށް ފުރަތަމަ ކިޔަވައިދޭން ފަށާނީ ގްރޭޑް 4 އަށް: ޝަފީޢު

ޚަބަރު ފަހުގެ

އަލަށް ތައާރަފުކުރަން ނިންމާފައިވާ “ގައުމިއްޔަތު” މާއްދާ އެންމެ ފުރަތަމަ ޕައިލެޓްކޮށް ކިޔަވައި ދޭން ފަށާނީ ގްރޭޑް 4 އަށް ކަމަށް އެޑިއުކޑޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އެ މާއްދާ މަންހަޖުގައި ހިމަނައިގެން ކިޔަވައި ދިނުމާ ގުޅޭ ގޮތުން މިނިސްޓަރު ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ވިދާޅުވީ މާއްދާ ރަސްމީކޮށް މަންހަޖުގައި ހިމެނުމުގެ ކުރިން ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ތިން ހަފުތާއެއްހާ ދުވަހުގެރޭ ގްރޭޑް 4 ގެ ދަރިވަރުންނަށް އެ މާއްދާ ޕައިލެޓްކޮށް ކިޔަވައިދޭން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި

އިޝްތިހާރު
އިޝްތިހާރު

ޝަފީއު ވިދާޅުވި ގޮތުގައި މިހާރު ޕައިލެޓް ޕްރޮގްރާމް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު އޮތީ ނިމިފަ އެވެ.

“މާއްދާތަކުގައި ޤައުމިއްޔަތުގެ ބަހާތައް ހުރި މިންވަރު ވަނީ ދެނެގަނެވިފައި. އައު މާއްދާއެއް ވުޖޫދުކުރުމަށްޓަކައި ކުރަންޖެހޭ ބައެއް މަސައްކަތްތައްވެސް މިހާރު ވަނީ ކޮށްފައި،ޕައިލެޓް ޕްރޮގްރާމްގެ ނަތީޖާ އަށް ބެލުމަށް ފަހު ރަސްމީކޮށް މަންހަޖުގައި ހިމަނާނަން.” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ “ގައުމިއްޔަތު” މާއްދާ ތައާރަފުކުރުމަށްޓަކައި އެ މާއްދާގެ މުޤައްރަރު އެކުލަވާލުމުގައި ކަމާގުޅުން ހުރި ފަންނީ ބޭފުޅުންގެ ލަފަޔާ މަޝްވަރާ ހޯއްދެވި ކަމަށެވެ. އަދި އެ މާއްދާ ކިޔަވައި ދިނުމަށްޓަކައި މުދައްރިސުން ބިނާ ކުރުމަށާއި ދަރިވަރުންނަށް ވަޞީލަތްތައް ފޯރުކޮށް ދިނުމުގައިވެސް ފަންނީ ލަފާ ހޯއްދަވާ ކަމަށް ވިދާޅުވި އެވެ.

ގައުމިއްޔަތާ ބެހޭ ވަކި މާއްދާއެއް ތަޢުލީމު މަންހަޖުގެ ތެރެއަށް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދެކެވެ. މީގެ މަގުސަދަކީ ދިވެހި ޤައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމެވެ. މީގެ އިތުރުން ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ވެސް “ގައުމިއްޔަތު” މާއްދާގެ މުހިއްމު މަގުސަދެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ