މާލޭގެ ރެސްޓޯރެންޓެއްގައި ގޭސްފުޅިއެއް ގޮވާ 3 މީހަކަށް އަނިޔާވެއްޖެއެވެ. މިހާދިސާ ހިނގީ ހެންވޭރު ކިނބިގަސް މަގުގައި ހުންނަ އެން.ޖީ.ބީ ކިޔާ ރެސްޓޯރެންޓްގައެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގައި އެރެސްޓޯރަންޓްގައި މަސައްކަތްކުރާ ލަންކާގެ ކައްކާއަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށާއި، އެމީހާއަށް މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށެވެ.
ގޭސްފުޅި ގޮވާ ހިނގި ހާދިސާގައި އެވަގުތު ރެސްޓޯރެންޓްގެ ބޭރުގައި ތިބި 2 ދިވެއްސަކަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމީހުންނަށްވެސް ލިބުނު އަނިޔާއަށް އަންނަނީ ފަރުވާދެމުންނެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފާއި ކަމާގުޅޭ އިދާރާތަކުން އަންނަނީ ބަލަމުންނެވެ.