މާލެ ސިޓީއާއި ޗައިނާގެ ފޫޖޯ ސިޓީއާ ދެމެދު ގުޅުން ބަދަހިކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިި

ޚަބަރު ފަހުގެ

މާލެ ސިޓީ ކައުންސިލާއި ޗައިނާގެ ފޫޖޯ ސިޓީއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ޗައިނާގެ ރައީސްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިދިޔަ ހަފުތާގައި އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވަނީ ފޫޖޯ ސިޓީއާއި މާލެ ސިޓީއާ ދެމެދު ”ސިސްޓާ ސިޓީ” އެއްބަސްވުމެއް ގާއިމުކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ދެ ސިޓީ ގުޅިގެން އެކި ދާއިރާތަކުން މަސައްކަތް ކުރުމަށް ނިންމައި ލެޓަރ އޮފް އިންޓެންޓްގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް މިއަދު ވަނީ ސޮއިކުރައްވައިފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މި އެއްބަސްވުމާއެކު ގިނަ ދާއިރާތަކަކުން ދެ ސިޓީގެ ދެމެދުގައި ގުޅުން ބަދަހިކުރާނެ ކަމަށެވެ.

އޭގެތެެރޭގައި ސައިންސާއި ޓެކްނޮލޮޖީއާއި އިގުތިސާދާއި ތައުލީމާއި ސަގާފަތާއި އާންމު ސިއްހަތާއި ކުޅިވަރާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ