ރާއްޖެއަކީ ހެޕަޓައިޓިސް-ބީ ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއްކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފި

ޚަބަރު ފަހުގެ ޞިއްހަތު

ރާއްޖެއަކީ ހެޕަޓައިޓިސް-ބީ ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ، ހެޕަޓައިޓިސް-ބީ ގެ ވެކްސިނޭޝަން މަސައްކަތްތައް ހުރި ގޮތާއި، އުމުރުން 6 އަހަރާއި 7 އަހަރާ ދެމެދުގެ ކުދިންގެ މެދުގައި ހެދުނު ސާވޭގެ ނަތީޖާއަށް ބަލައި، ޑަބްލިއުއެޗްއޯގެ އެކްސްޕާޓް ޕެނަލްއިން ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއްކަމަށް ކަނޑައެޅުމަށް ފެންނަކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖެއިން ވަނީ 1993 ވަނަ އަހަރުން ފެށިގެން ކުޑަކުދިންނަށް އަމާޒުކޮށް ހެޕަޓައިޓިސް-ބީ ވެކްސިން ދޭން ފަށާފައެވެ. އަދި މާބަނޑު އަންހެނުންވެސް ހެޕަޓައިޓިސް ބީއަށް ޓެސްޓު ކުރެވެއެވެ.

2015 ވަނަ އަހަރުން ފެށިގެން ރާއްޖެއަކީ މެލޭރިއާ، ފައިލޭރިއާ، މީސަލްސް، ރުބެއްލާ، ޖުޒާމު ބަލި ފަދަ ބަލިތައް ނައްތާލާފައިވާ ޤައުމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ