އޭސީއެއް ގޮވައިގެން މާފަންނު ގެއެއްގައި އަލިފާން ރޯވެއްޖެ

ޚަބަރު ފަހުގެ

އޭސީއެއް ގޮވައިގެން މާފަންނު ޕަރުވާނާގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުު ސަރވިސްގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ، ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މާފަންނު ޕަރުވާނާގެއިން ދުން އަރާކަމުގެ މަޢުލޫމާތު މިއަދު 14:14 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައިކަމުގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ގޮސް ބެލިބެލުމުން، މ.ޕަރުވާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެެއްގައި ހަރުކޮށްފައިހުރި އޭސީ އިންޑޯ ޔުނިޓެއްގައި އަލިފާން ރޯވެފައި ހުރުމުން، އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ވަނީ މިއަދު 14:30 ހާއިރު ރޯވެފައި ހުރި އަލިފާން ނިއްވާލާފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

މި ހާދިސާގައި އޭސީ އިންޑޯ ޔުނިޓް އަނދައި، އެޕާޓްމަންޓްގައި ހަރުކޮށްފައިހުރި ފަންކާއަކާއި ލައިޓުތަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބުނެވެ. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ