ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް މިއަދު ބޭފުޅަކު ޢައްޔަން ކުރަށްވައިފިއެވެ. އެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ށ.މާއުނގޫދޫ، ރޯޒްލީން އަލްއުސްތާޛު ޢަބްދުއްސަލާމް ޢަލީއެވެ.
ސިވިލް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ބޭފުޅާ އެ ކޯޓުގެ ގާޒީ ކަމާ ހަވާލުވެވަޑައިގަތުމުންނެވެ.
އަލްއުސްތާޛު ޢަބްދުއްސަލާމް މަޤާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާޢިޝަތު ރިޒްނާ އެވެ.