މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހޯދަނީ

ޚަބަރު ފަހުގެ

ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސްގެ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން މައްސަލައިގެ ތަހުގީގަށް ތިން މީހަކު ހާޒިރު ވުމަށް އަންގައި އިއުލާކޮށްފިއެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ.

މައްސަލައިގެ ތަހުގީގަށް ފުލުހުން ހޯދަމުންދަނީ:

1. ބ. ގޮއިދޫ / ހީނާމާގެ، އަޙްމަދު ޔާނިސް (27އ)

2. ކ. މާލެ / އަނދުންގެ، އިބްރާހީމް ޝަމީމް (60އ)

3. އއ. ފެރިދޫ / ބަހާރީގެ، މުޙައްމަދު ޝާން (29އ)

މި ތިން މީހުން ހާޒިރުވާން އަންގާފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ 10:00އަށް ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ