މަޖިލީހާއި ސިޔާސީ މަގާމުތައް ލިމިޓްކުރަން ހުށަހަޅަނީ

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދާއި ސިޔާސީ މަގާމުތައް ލިމިޓް ކުރަން ގާނޫނު އަސާސީ އަށް ހުށަހަޅަން އެމްޑީޕީ އާއި ދަ ޑިމޮކްރެޓުން ނިންމައިފި އެވެ.

އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ މަތި ބަރުވަމުންދާ މަންޒަރު ފެންނަ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ލުއި ސަރުކާރެއް ހިންގަން ގާނޫނުން ލާޒިމު ކުރަން ޖެހޭ ކަމަށް އެމްޑީޕީއާ ޑިމޮކްރެޓްސްއަށް އެއްބަަސް ވެވޭ ކަމެއް ކަމަށާއި އެކަމާއި ގުޅޭ ބިލެެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަސަން ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ހަސަން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނަށް ބަދަލު ގެނައުމަށް ވެސް ދެ ޕާޓީ އަށް އެއްބަސްވެވޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ ތަޅުލެވިފައި އޮންނަ އަދަދެއްގެ ގޮތުގައި ގާނޫނު އަސާސީން ކަނޑައެޅުމަކީ މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

“އެހެންވީމަ އެ އަދަދަކީ ތަޅުލެވިފައި އޮންނަ އަދަދެއްގެ ގޮތުގައި ގާނޫނުއަސާސީން ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެ ޕާޓީއަށް ވެސް ފެންނާތީ އެއީ އަޅުގަނޑުމެން މަޝްވަރާކޮށްފައި ވާނެ ކަމެއް، ގާނޫނުއަސާސީއަށް މި ދެންނެވި އިސްލާހު ގެނައުމަށް. އޭގެ މާނައަކީ ވަކި އަދަދެއްގައި މަޖިލިސް މެމްބަރުންގެ އަދަދު ހިފެހެއްޓިފައި އޮތުން.” ހަސަން ވިދާޅުވި އެވެ.

މަޖިލީހުގައި އެމްޑީޕީ އާއި ޑިމޮކްރެޓުން ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާއިރު ގާނޫނުތަކަށް ބަދަލު ގެންނަން މަޖިލީހުގެ ދައުރުން ހާއްސަ ޖަލްސާތަކެއް ބޭއްވުމަށް ވެސް އެމްޑީޕީ އާއި ޑިމޮކްރެޓުން ވަނީ ހުށަހަޅާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ