ވިލިމާލެ އިން އަންހެނަކު ގެއްލިގެން ހޯދަނީ

ޚަބަރު ފަހުގެ

ވިލިމާލެއިން އަންހެނެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ 36 އަހަރުގެ މަރްޔަމް ރާމިޒާ، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޖަނަވަރީ 24 ވަނަ ދުވަހުގެ 20:37 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މަރްޔަމް ރާމިޒާ އެންމެ ފަހުން އާއިލާއަށް ފެނިފައިވަނީ ޖަނަވަރީ 23 ވަނަ ދުވަހުގެ 21:00 އެހަކަންހާއިރު އޭނާ ދިރިއުޅޭ ގެ، ވ. ލަކީސްޕޮޓްއިން ކަމަށް އާއިލާއިން ބުނެފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

މަރްޔަމް ރާމިޒާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ