މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން ވަޒީރުކަމަށް އައްޔަނުކުރައްވައިފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދިން ތިން ވަޒީރުން އަލުން ވަޒީރުކަމުގެ މަގާމަށް އައްޔަނުކުރައްވައިފި އެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް މަޖިލީހުން ރުހުން ދިނުމަށް މަޖިލީހުގެ މިއަދު ނެގި ވޯޓުގައި މަޖިލީހުން ރުހުން ދީފައިނުވަނީ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އާއި ބަންޑާރަ ނަައިބު އަހުމަދު އުޝާމްގެ އިތުރުން ކޮންސްޓަރަކްޝަން މިނިސްޓަރ ޑރ. އަލީ ހައިދަރަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިއާއި އެކު ވަޒީރުކަމުން އެތިން ވަޒީރުން ވަކިވެފައިވާއިރު ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ދާދި ދެންމެ އަކު އެތިން ވަޒީރުން އަލުން ވަޒީރުކަމަށް އައްޔަނުކުރައްވައި މަގާމުގެ ހުވާ ކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ރަސްމިއްޔާތެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގައި އެވެ.

މިއާއި އެކު އަލުން އެވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ކުރިޔަށް އޮތް ދުވަސްތަކުގައި ފޮނުވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި ބަންޑާރަ ނައިބު ހިމެނިވަޑައިގަންނަވާހެން 22 ބޭފުޅުން ތިއްބަވައެވެ. އޭގެތެރެެއިން 19 ބޭފުޅަކަށް ވަނީ މަޖިލީހުން މިއަދު ރުހުން ދެއްވާފައެވެ. އަދި 3 ބޭފުޅުންނަށް ރުހުންދޭން ނުފެންނަކަމަށް މަޖިލީހުން ވަނީ ނިންމާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ