މަޖިލިސް އިންތިހާބު އޮބްޒާވްކުރަން ހުޅުވާލައިފި

ޚަބަރު ފަހުގެ

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އީސީން ކުރި އިއުލާނެއްގައި ބުނީ އިންތިހާބު އޮބްޒާވް ކުރަން ފޯމު ހުށަހެޅުން ހުޅުވައިލައިފައި ވަނީ، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިންތިޚާބު އޮބްޒާވް ކުރަން އެދޭ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށާއި ދަރުބާރުގޭގެ ހުންނަ އެ ކޮމިޝަންގެ ރިސެޕްޝަނުންނެވެ.

ދަރުބާރުގެއިން ފޯމް ބަލައިގަތުމުގެ އިންތިޒާމް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ކުރިއަށް ދާނެ އެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މަހުގެ 17 ގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ