ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އަމިއްލައަށް ބެލެހެއްޓޭނެ ގާބިލްކަން އިތުރު ކުރަނީ

ޚަބަރު ފަހުގެ

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ހުއްޓުމެއްނެތި 24 ގަޑިއިރު ބެލެހެއްޓޭނެ ގާބިލްކަން ރާއްޖޭގެ އަސްކަރިއްޔާގައި ވަރަށް އަވަހަށް ގާއިމް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެއްގަމާއި ވަޔާއި ކަނޑުގެ މަގުން ވެސް ރާއްޖެ ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލްކަން ރާއްޖޭގައި ވަރުގަދަ ކުރަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ތާރީހީ ގޮތުން އެކިއެކި ބޭފުޅުން ކުރެއްވި ބައެއް މަސައްކަތްތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރާއްޖެ ދުށް އެންމެ ވަރުގަދަ ގައުމީ ބަތަލުންގެ ތެރޭގައި ހިމެނޭ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންނާއި ބޮޑުރަސްގެފާނާއި އިސްކަންދަރު މަހާރަދުން ފަދަ ކޮންމެ ލީޑަރެއްގެ ޒައާމަތުގައި ވެސް ގައުމީ ދިފާއީ ބާރު ވަރުގަދަ ކުރައްވަން މަސައްކަތްތަކެއް ކުރެއްވި ކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ރައްކާތެރި ކުރުމާއެކު، ގައުމުގެ ކަންކަން ހިންގުމުގައި ސަރުކާރުން ހިފަހައްޓާނެ އެންމެ މައިގަނޑު އުސޫލަކީ ދިވެހީންނަށާ ދިވެހި ގައުމަށް އިސްކަން ދިނުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ