ރޯދަމަސް ނިމިގެން 10 ދުވަސް ފަހުން އިންތިހާބު ބާއްވާން ކޮމެޓީން ފާސްކޮށްފި

ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަހަރުގެ ރޯދަމަސް ނިމިގެން 10 ދުވަސް ފަހުން ބޭއްވުމަށް އެ މައްސަލަ ދިރާސާ ކުރި ވަގުތީ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެމްޑީޕީން ހުށަހެޅި ގޮތަށް ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލަ ދިމާވެފައިވަނީ، މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަމަހާ ދިމާވާތީ އެވެ. އެގޮތުން އިންތިޚާބު ބާއްވަން އީސީން އިއުލާނުކޮށްފައިވަނީ މާޗު މަހުގެ 17 އެވެ. އެ ދުވަސް ދިމާވަނީ ރޯދަ މަހުގެ ފުރަތަމަ ހަފްތާއަށެވެ.

އީސީން ބުނެފައިވަނީ އިންތިހާބު ރޯދަމަހާ ދިމާވަނީ ގާނޫނު ބުނާ މުއްދަތުގައި އެކަން ކުރަން ޖެހޭތީ ކަމަށާއި، އެ ތާރީހު ބަދަލުކުރެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ. މީގެ އިތުރުންވެސް އެ ކޮމިޝަނުން ބުނެފައިވަނީ ރޯދަމަސް ފަހުންވެސް އިންތިހާބު ބާއްވަން އެ ކޮމިޝަނުން އޮތީ ތައްޔާރަށް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ