ސީއެސްސީ އަށް އައްޔަން ކުރަން 3 ނަމެެއް މަޖިލީހަށް

ޚަބަރު ފަހުގެ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ތިން ނަމެއް ރައީސް ޑރ، މުހައްމަދު މުއިއްޒު މަޖިލީހަށް ހުށައަޅުއްވައިފި އެވެ.

ސީއެސްސީގެ މަގާމެއް ހުސްވީ އެ ކޮމިޝަންގެ މެންބަރަކަށް ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސީއެސްސީ މެންބަރު ކަމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވި ތިން ނަމަކީ މއ. ފޮރެސްޓް މަރިޔަމް ޝާހިދާ އާއި ދަފުތަރު ނަމްބަރު ރސ-7505 އަބްދުލް ހަސީބް އިސްމާއިލްގެ އިތުރުން ދަފުތަރު ނަމްބަރު ރސ-9475 ފާތިމަތު ހަބީބާގެ ނަމެވެ.

މި ނަންތައް ދިރާސާކުރުމަށް ވަނީ ކޮމެޓީއަށް ފޮނުވައިފަ އެވެ.

ފަސް މެމްބަރުން ތިއްބަވާ ކޮމިޝަންގައި މިހާރު ތިއްބެވި ހަތަރު މެމްބަރުންނަކީ މުހައްމަދު ނާސިހް (ރައީސް) އިބްރާހިމް ރަޝީދު (ނައިބު ރައީސް) މުހައްމަދު ފަރުޝަތުގެ އިތުރުން ފާތިމަތު ޝަރީފެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ