ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ރައީސް ބައްދަލު ކުރައްވަނީ

ޚަބަރު ފަހުގެ

ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ތ.ކިނބިދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ކުރިން ކައުންސިލްތަކަށް ސަރުކާރުން ދޭ ސަމާލުކަން ކުޑަވާނެ ކަމަށާއި ނަމަވެސް މި ސަރުކާރުގައި އެކަން އެގޮތަށް ނުވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދު ތ. ކިނބިދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގައި ކައުންސިލްތަކަށް ވަކި މުއައްސަސާއެއް އޮތްއިރު ކައުންސިލްތަކުގެ މަސައްކަތް ކައިރިން ބަލުމުންދާނެ ކަމަށެވެ. އަދި ސަރުކާރުން ކައުންސިލުންތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑު ހުންނަތަނަށް ކައުންސިލް ގެނެސްގެން ކައުންސިލާ ބައްދަލުކުރާކަށް ނޫން ބޭނުމީއެއް. ކައުންސިލް އޮތްތަނަށް އަޅުގަނޑު ދާން ބޭނުންވަނީ. އެހެންވީމަ މިއަތޮޅު މިނިމެނީ. ދެން އިރާދަކުރެއްވީ މިއަންނަ ހަފްތާގައި އޮތް ރާއްޖެއިން ބޭރު ދަތުރު ނިންމާފައި އަންނަގޮތަށް މަސްދުވަސް މި ކަނޑައަޅަނީ، އެއްމަސްތެރޭ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރަން އަޅުގަނޑު ރަށްތަކަށް ދާނަން”. ރައީސް ވިދާޅުވިއެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ