ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް ޝަހީރު ހަމަޖައްސަވައިފި

ޚަބަރު ފަހުގެ

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް، ރައީސް ޔާމިންގެ ވެރިކަމުގައު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި އަހުމަދު ޝަހީރު އައްޔަންކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

އެސްޓީއޯގައި ގާތްގަނޑަކަށް 30 އަހަރު އެކި މަގާމުތައް ފުރުއްވި ޝަހީރު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޓީއޯގެ އެމްޑީގެ މަގާމު އަދާކުރައްވައިފަ އެވެ.

ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ އަދި ދަރަނިވެރިވެފައިވާ ފެނަކައިގެ އެމްޑީގެ މަގާމަށް މި ސަރުކާރުން ހަމަޖައްސާފައި ވަނީ މަޑަވެލި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުއާޒް ރަޝީދެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ 150 އަށް ވުރެ ގިނަ ރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ