މާލޭގައި ހަށިވިއްކާ 111 ތަނެއް އެބަހުރި: މިނިސްޓަރު

ޚަބަރު ފަހުގެ

މާލޭ ސަރަހައްދުން އެކަނި ވެސް އެކިއެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މަސާޖުޕާލާތަކާއި ސްޕާތަކުގެ ނަންނަމުގައި ހަށިވިއްކާ މައްސަލަ މި ފަހުން ވަނީ ބޮޑުވެފައެވެ. ހަށިވިއްކުމުގެ ތުހުމަތުގައި ގިނަ ބަޔަކު ހައްޔަރު ވެސް ކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން މާލޭ ސަރަހައްދުގައި އެކިއެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން، ބައެއް ތަންތަނަށް ޓޫރިސްޓު ވިސާގައި ބިދޭސީން ގެނެސްގެން، އެ މީހުން ލައްވައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާކަން މިނިސްޓަރު ވަނީ ހާމަކުރައްވައިފައެވެ.

“މި ތަންތަނާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު އެޅުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،” އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ ތަންތަނުން ހައްޔަރުކުރެވޭ ބިދޭސީން ޑީޕޯޓުކޮށްލުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ