މާލޭގެ އިމާރާތެއްގެ މަތިން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ނުވަ ވަނަ ބުރިންވެއްޓިފައިވަނީ ބިދޭސީއެއް ކަމަށާއި، އަދި އެ މީހާ ވެއްޓިފައިވަނީ ޗާންދަނީ މަގުގައި ހުރި ގެއެއްގެ ނުވަ ވަނަ ބުރީގެ ސިޑި ގޮޅި ތެރެއަށް ކަމަށް މީޑިޔާގައި ރިޕޯޓްކޮށްފައިވެއެވެ.
މީހާ ވެއްޓުނީ ކިހިނެތް ކަން އަދި ސާފުނުވާ އިރު މިހާރު އެމީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމީހާގެ ހާލަތާ ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ސާފެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަދި އެމީހާ ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ