މަޖިލިސް އިންތިހާބުގައި ޖޭޕީގެ ފަރާތުން 10 ދާއިރާއަކަށް ވާދަކުރަން ނިންމައިފި

ފަހުގެ ސިޔާސީ

ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން 10 ދާއިރާއަކަށް ވާދަކުރަން ނިންމައިފިއެވެ.

ޖޭޕީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންނާއި ދާއިރާތަކަކީ:

އިޝްތިހާރު
އިޝްތިހާރު

1. މާމިގިލީ ދާއިރާ – ގާސިމް އިބްރާހިމް
2. ހުޅުމާލެ ދެކުނު ދާއިރާ – އައިޝަތު ނަހުލާ (ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ)
3. ކެންދޫ ދާއިރާ – އަލީ ހުސައިން (މިހާރުގެ ވެސް މެމްބަރު)
4. ހެންވޭރު ހުޅަނގު ދާއިރާ – ޑރ.އަމީން އިބްރާހިމް (ޕާޓީގެ ޑެޕިއުޓީ ލީޑަރު)
5. އުނގޫފާރު ދާއިރާ – އަބްދުﷲ އަމީން (ކުރީގެ ހެލްތު މިނިސްޓަރު)
6. ދުވާފަރު ދާއިރާ – އަޒްލީން އަހުމަދު (ކުރީގެ ހޯމް މިނިސްޓަރު)
7. ތިނަދޫ އުތުރު ދާއިރާ – އަބްދުﷲ އަހުމަދު (ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރެއް)
8. ނޮޅިވަރަމް ދާއިރާ – ހުސައިން ޝަހުދީ (ކުރީގެ ހަނިމާދޫ ދާއިރާގެ މެންބަރެއް)
9. ދާންދޫ ދާއިރާ – ނިޝާމާ މުހައްމަދު
10. އޭދަފުށީ ދާއިރާ – މުހައްމަދު ނާސިރު

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޭފުޅުންގެ ކެންޑިޑެސީ ފޯމް މިހާރު ވަނީ އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރައްވަން ފޯމް ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވާއިރ،ު މަޖިލިސް އިންތިހާބުގައި ވާދަކުރަން އިއްޔެގެ ނިޔަލަށް 295 މީހުން ވަނީ ކެންޑިޑެސީ ފޯމް ހުށަހަޅައިފައެވެ. ވިހި ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރާނެއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ