ދަނޑުވެރިންނަށް ގިނަ ފުރުޞަތުތައް ހޯދައިދީ، ދާއިރާ ހަރުދަނާކުރާނަން: ޑރ. ރަމީލާ

ޚަބަރު ފަހުގެ

ދަނޑުވެރިންނަށް ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުކުގެ މަޢުލޫމާތު މިހާރަށްވުރެ ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސަވާދެއްވާނެކަމަށާއި، އެ ފުރުޞަތުގެ ބޭނުން ދަނޑުވެރިން ހިފުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ އެދިލައްވައިފިއެވެ.

ހަނިމާދޫގައި ވަރޓިކަލް ފަރމިން ޕައިލެޓް ޕްރޮޖެކްޓް އިފްތިޙުކުރުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަޒީރު ވަނީ އެރަށުގެ ދަނޑުވެރިންނާއި ބައްދަލުކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުވުމުގައި ވަނީ ދަނޑުވެރިންނަށް ދަތިވާކަންކަން އޮޅުއްފިލުއްވާ، ރަށްރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ފުޅާކުރުމާއި ދަނޑުވެރިކަމުގެ އައު ގޮތްތައް ރަށްރަށަށް ތަޢާރަފުކުރުމާއި، ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކާއި ގުޅޭތުން މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ހަނިމާދޫއަކީ އެގްރިކަލްޗަރަލް ސެންޓަރެއް ހުރި ރަށަކަށްވުމާއެކު، ދަނޑުވެރިންނަށް ބޭނުންވާ އެހީ ފޯރުކޮދިނުމަށް ފަސޭހަވާކަމަށެވެ. އެގޮތުން ހިންގާ ތަމްރީމް ޕްރޮގްރާމްތަކާއި، މަޢުލޫމާތު ދިނުމަށް ހިންގާ ސެޝަންތަކުގައި ބައިވެރިވެ މިހާރަށްވުރެ ފުޅާކޮށް މަސައްކަތުގައި ޝާމިލުވުމަށް ވަޒީރު އެދިލެއްވިއެވެ.

ވަޒީރު ވަނީ ދަނޑުވެރިކަމުގެ ވިޔަފާރިއަށް އަލަށް ވަންނަން ބޭނުން މީހުންވެސް، ސަރުކާރުން ފަހިކޮށްދޭ ލޯނު ހޯދުމުގައިވެސް ވުޒާރާގެ އެހީ ލިބޭނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ ހަނިމާދޫ ކައުންސިލާއި ބައްދަލުކުރައްވާ، ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރުގެ މަސައްކަތްތައް ހަރުދަނާކުރުމާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި ކައުންސިލުންވެސް ވަނީ ރަށުގައި ދަނޑުވެރިކަން ފުޅާކުރަން ބޭނުންވާކަން އަދި ރަށް ފެހިކުރުމުގެ ޕްރޮޖެކްޓް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ