ގުޅިފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި

ޚަބަރު ފަހުގެ

ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރު ނެރެފިއެވެ.

ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅީ އާއްމު ރައްޔިތެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ. ނަމަވެސް ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ އެ މަޝްރޫޢު ހުއްޓުވުވުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

މިއަދު ހައިކޯޓުން ކުރި އަމުރުރުގައި ބުނެފައިވަނީ ސިވިލްކޯޓުން މައްސަލަ ނިމެންދެކަ ގުޅީފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށެވެ.

މި އަމުރު ނެރެފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރެއްގެ އިއްތިފާގުންނެވެ. އެ ދެ ފަނޑިޔާރުންނަކީ، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.

ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އެވެ. އޭނާގެ ރައުޔަކީ ހައި ކޯޓުން މި މައްސަލާގައި އިތުރަށް ގޮތެއް ނިންމުމުގެ މާނައެއް ނެތްކަމަށެވެ.

ގުޅީފަޅު ހިއްކުން ހުއްޓުވުމުގެ އަމުރެއް ހައި ކޯޓުން ނެރުނުއިރު، ގުޅީފަޅުން ހިއްކުމަށް ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން ހިއްކާ ވަނީ ނިމިފައެވެ.

ގުޅީފަޅު ސަރަހައްދަކީ މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ނިންމާފައިވާ އެއް ސަރަހައްދެވެ. މި މަޝްރޫއު ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، މިމަސައްކަތް ހަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާ އަށެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު ހިއްކައިގެންނެވެ. ގުޅީފަޅުން ބިން ހިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ސީދާ ސަރުކާރުން އެކަންހުއްޓުވީ ވޭތިވެދިޔަޒަމާންތަކެއްގާ އެފަރު ހިއްކަމުން އައީ އޭރުނުވިކަމެއްމިހާރުވާންވިސަބަބެއްނޭގޭ ދެއްތޯ މީސީދާ ސަރުކާރުންވަތުއޮޑިއަށް އަތްބޭނީ ޔަގީންކަމާއެކު