ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ގާއިމްކުރަން ހަވާލުކޮށްފި

ޚަބަރު ފަހުގެ

ހިޔާ ފްލެޓްތަކުގައި އިތުރު ފްލެޓްތައް ގާއިމްކުރުމަށްޓަކައި ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިކަން ހާމަކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މި ލިޕްޓްތައް ގާއިމްކުރުމަށް ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މުޅި ޖުމްލަ32 އައު ލިފްޓް ބެހެއްޓިގެންދާނެކަމަށާއި އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެއްކަމަށް އެޗްޑީސީއިން ހާމަކުރެއެވެ.

އެޗްޑީސީއިން ބުނީ މި މަޝްރޫއުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭ ނިންމާލެވޭނެކަމަށެވެ.

އެޗްޑީސީން މައުލޫމާތު ދޭގޮތުގައި މި މަޝްރުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. އަދި މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެކަމަށް އެޗްޑީސީން އުއްމީދުކުރެއެވެ.

މި މަސައްކަތަށް މިއަހަރުގެ ބަޖެޓުގައި ވަނީ 200 މިލިއަން ރުފިޔާ ހިމަނާފައެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ކުރިޔަށް ގެންދެވޭ މަސައްކަތެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ