ހުޅުމާލޭގައި ގުރުއާނާބެހޭ ގައުމީ މަރުކަޒު ހިންގުމަށް ކޮމާޝަލް ޔުނިޓެއް ހަވާލުކޮށްފި

ޚަބަރު ފަހުގެ

ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުމާލޭގައި ހިންގުމަށް ކޮމާޝަލް ޔުނިޓެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގުރުއާނާބެހޭ މަރުކަޒުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް، އެ މަރުކަޒަށް ކޮމާޝަލް ޔުނިޓެއް ހަވާލުކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ ސީއެސްއާރުގެ ދަށުން، ކުލި ނުނަގާގޮތަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ އެމްޑީ، އިބްރާހީމް ފަޒުލް ރަޝީދާއި ސީއެފްއޯ އަހްމަދު ޝާމެވެ. އަދި ގުރުއާނާބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އިމާމް، އަބްދުލް ޖަލީލް އިސްމާއީލް އަދި އިމާމް، އަބްދުﷲ ރަޝީދެވެ.

ގުރުއާނާބެހޭ މަރުކަޒުގެ ހުޅުމާލޭގެ ގޮތްޕަށް ދޫކުރި ކޮމާޝަލް ޔުނިޓް އެ މަރުކަޒާ ހަވާލުކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ގާއިމްކުރެވޭ ގުރުއާނާބެހޭ މަރުކަޒުގެ ގޮފިން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެއެވެ. އަދި އެ މަރުކަޒުގެ ޚިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހަ ލިބިގެން ދާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ