ފުލުހުންގެ ތަރުޖަމާނަކަށް ޝިފާން އައްޔަންކުރައްވައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާނުގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު އައްޔަންކުރައްވައިފި އެވެ.

ފުލުހުން ބުނީ ސްޕޯކްސްޕާސަންގެ މަގާމަކީ ޝިފާން މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޝިފާން މިވަގުތު ހުންނެވީ އޮފީސް އޮފް ދަ ކޮމިޝަނަރުގެ ހެޑްގެ މަގާމުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޝިފާން ވަނީ ފުލުހުންގެ ތަރުޖަމާނުގެ މަގާމު އަދާކުރައްވާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ