އައިޑީ ކާޑުގެ ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން ކާޑު ދޫކުރަނީ

ޚަބަރު ފަހުގެ

މިމަހުގެ 25އިން ފެށިގެން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދާ ފަރާތުން ބަދަލުގައި ސިޓީއެއް ހުށަހެޅުމުން އައިޑީކާޑް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ހާމަކުރައްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ހާމަކުރެއްވި ގޮތުގައި މިގޮތަށް ކާޑު ދޫކުރުމަށްފަހުވެސް ކާޑާ ހަވާލުވި ފަރާތުން ވެރިފަރާތަށް ކާޑު ނުލިބިގެން އެޑިޕާޓްމަންޓަށް ޝަކުވާއެއް ހުށަހަޅައިފިނަމަ އެމައްސަލަ ތަޙްޤީގުކުރުމަށް ޕޮލިސްއަށް ހުށަހަޅުއްވާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

އައިޑީކާޑް މިގޮތަށް ދޫކުރަން ނިންމެވީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކޮށް ކާޑު ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށް އެޑިޕާޓްމަންޓުން ހާމަކުރައްވައެވެ.

ރާއްޖޭގައި ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ހޯދުމަށާއި ޢާއްމު އެހެން ޚިދުމަތްތަކަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އަންނަނީ ބޭނުންކުރަމުންނެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގައާއި، ސިއްޙީ ޚިދުމަތްތައް ހޯދުމަށް އައިޑީކާޑު ކޮންމެހެން ބޭނުންވެއެވެ.

ސަރުކާރުގެ ޑިޖިޓަލައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން، އައިޑީކާޑު ޑިޖިޓަލްކޮށް ބޭނުންކުރެވޭނެ މަގު މިހާރުވަނީ ފަހިކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ