ޒުހޫރު އެޗްޑީސީގެ ޗެއާމަނަކަށް އައްޔަންކޮށްފި

ޚަބަރު ފަހުގެ

އެޗްޑީސީގެ ޗެއާމަންކަމަށް ކުރީގެ މިނިސްޓަރު އަދި ސަރުކާރުގެ ބައެއް ކުންފުނިތައް ހިންގުމުގައި ކުރިން އިސްކޮށް އުޅުއްވި އަހުމަދު ޒުހޫރު އިއްޔެ ހަމަޖައްސައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، އޭނާ އެ މަގާމަށް މިހާރު އައްޔަން ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޒުހޫރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ.

އެ ސަރުކާރުގައި ޒުހޫރު ފުރަތަމަ އަދާކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމެވެ. އޭގެ ފަހުން ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަން ކުޑަ ދުވަސްކޮޅަކަށް ކުރެއްވި އެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ޒުހޫރުއާ ހަވާލު ކުރެއްވި އެވެ. އެއީ އޭނާ އެންމެ ފަހުން ހުންނެވި މަގާމެވެ.

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އޭނާ ވަނީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމުގެ ފުރުއްވައިފަ އެވެ. ޒުހޫރު ވެފައި ވަނީ ޔާމީންގެ ސަރުކާރުގައި ކުރު މުއްދަތަކަށް އެންމެ ގިނަ މަގާމުތައް ފުރުއްވި ބޭފުޅާއަށެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޒުހޫރު އައްޔަން ކުރެއްވި އިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަޒުލް ރަޝީދެވެ. ބޯޑުގެ ޗެއާގެ އިތުުރުން އެ ކުންފުނީގެ ބޯޑުގައި 8 ބޭފުޅުން ތިއްބަވަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ