ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމަށް، ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޚަބަރު ފަހުގެ

ގދ. ތިނަދޫ ފަޅު ހިއްކައިގެން ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމަށް ތައިލެންޑްގެ ކުންފުންޏަކާއެކު ފަހުމުނަމާއެއްގައި ސޮއިކޮށްފިއެވެ.

ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމަށް، ތައިލެންޑްގެ ޕޭން ޕެސިފިކް ކުންފުންޏާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު އެރަށަށް ވަޑައިގެން ބޭއްވެވި ޖަލްސާގައިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އެ ފަހުމުނާމާގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިމާރަތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެ މަޝްރޫއު ހިންގާ ޕޭން ޕެސިފިކްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީސީއޯ، ޖިރާޓް ޕެތުނުންތަވޮންއެވެ.

މި ބިޔަ މަޝްރޫއަކީ ޕޭން ޕެސިފިކްގެ އަމިއްލަ ފައިނޭންސިންގައި ކުރިއަށް ގެންދާނެ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއަކީ 400 މިލިއަން ޑޮލަރާއި، 600 މިލިއަން ޑޮލަރުގެ ދެމެދުގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ތެރެއިން އިތުރު 12 ރިސޯޓް ތިނަދޫގެ ކައިރީގައި ގާއިމްކުރެވޭ އިރު، އެ ރިސޯޓްތައް ވެސް ގާއިމް ކުރާނީ އެ ކުންފުނިންނެވެ. މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގޭނެ އެފަދަ އެންމެ ބޮޑު އެއް މަޝްރޫއެވެ. އެގޮތުން ގާއިމް ކުރެވޭ 12 ރިސޯޓުގެ ޖުމްލަ އެނދުގެ އަދަދު 2،000 އިން މަތިވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ