އއ. ތޮއްޑޫ ޑައިވިން ސެންޓަރެއްގައި މަސައްކަތް ކުރަމުން އަންނަ ރަޝިއާގެ ފަތުރުވެރިއަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ ތޮއްޑޫ ޑައިވް ވިލާގައި މަސައްކަތް ކުރަމުންދާ ރަޝިއާ މުވައްޒަފެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ މައްސަލައެއް އިއްޔެ އިރުއޮއްސި 18:00 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އަނިޔާވީ އުމުރުން 42 އަހަރުގެ މީހަކަށް ކަމަށާއި އޭނާ އަށް ތޮއްޑު ހެލްތު ސެންޓަރުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެމީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާއިރު ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.