ރޯދަމަހު ބީއެމްއެލްގެ ހިދުމަތް ފަށާނީ ހެނދުނު 9:30 ގައި

ޚަބަރު ފަހުގެ

އަންނަ ރޯދަމަހު ބީއެމްއެލްއިން ހިދުމަތް ދޭ ގަޑިތައް އެ ބޭންކުން މިއަދު އިއުލާންކޮށްފި އެވެ.

ބީއެމްއެލް އިން ނެރުނު އިއުލާނެއްގައި ބުނީ އަންނަ ރޯދަމަހާއި ހަރޯދައިގައި އެ ބޭންކްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނަނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރޯދަމަހުގެ ފަހު ދިހައެއްގައި ބޭންކުގެ ހިދުމަތްތައް ދޭނީ ހެނދުނު 10:00 އިން މެންދުރު 11:00 އަށް ކަމަށް އެ ބޭންކުން ބުންޏެވެ.

ކޮންމެ ރޯދަމަހެއްގެ ފަހު ދިހަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.

ފައިސާ ނެގުމައި ފައިސާ ފޮނުވުމުގެ މުއާމަލާތްތައް ބެންކުގެ ސެލްފް ސާވިސް ސެންޓަރުތަކުގައި ހުންނަ އޭޓީއެމްތަކުންނާއި މޮބައިލް އެޕްލިކޭޝަން އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ