ސީދާ ރައީސަށް ސުވާލު ހުށަހެޅޭ ގޮތަށް ޕޯޓަލްއެއް ތައާރަފްކޮށްފި

ޚަބަރު ފަހުގެ

ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސުވާލާއި ޝަކުވާ ހުށަހެޅޭ ގޮތަށް “ރައްޔިތުންގެ އަޑު” ނަމުގައި ހާއްސަ ޕޯޓަލްއެއް އިފްތިތާހު ކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާހުކުރެވުނީ ރޭ އޮތް އަހާ ފޯރަމުގެ ތެރެއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރެއިން ފެށިގެން އީފާސް މެދުވެރިކޮށް “ރައްޔިތުންގެ އަޑު” މެދުވެރިކޮށް ސީދާ ރައީސަށް ސުވާލު ހުށަހެޅޭނެއެވެ. މީގެ 18 ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ސީދާ އެމަނިކުފާނަށް ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިޕޯޓަލް އިފްތިތާހު ކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާއި ގާތުން ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރައްވަމުން ގެންދާނެ ކަމަށެވެ. އެހެންކަމުން މި ޕޯޓަލާއެކު އެ ކަމަށް ފަހިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ އަހާ ފޯރަމަކީ ވެސް ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ސަރުކާރު ހިންގުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ފޯރަމެއްކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. ހަމައެއާއެކު “ރައީސްގެ ޖަވާބު”ގެ ނަމުގައި މިހާރު ވެސް ކޮންމެ ދުވަހަކު ވީޑިއޯ ކްލިޕެއްގެ ޒަރީއާއިން ރައީސް ގެންދަވަނީ އާންމު ރައްޔިތުންގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ހިންގުމަކީ ރައީސްގެ އެއް ވައުދުފުޅެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އަހަރެންގެ ސުވާލެއް :- ރައީސުލް ޖުމްހޫރިއްޔާ އަދި ފަސްޓް ލޭޑީ ދިމްޔާތުގައި ބެހެއްޓި ކުއްޔާ އެކު 25 މިލިޔަން ދީފައި ވަނީ ގޭގެ ވެރި ފަރާތުން ޑޮކްޓަރ މުޢިއްޒުގެ ބިލަކަށްތޯއެވެ