ރައީސް މުއިއްޒު އުތުރުގެ ހަތަރު އަތޮޅަކަށް ފުރާވަޑައިގެންފި

ޚަބަރު ފަހުގެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ހަ ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޒިޔާރާތް ކުރައްވާ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް އޮފީހުން ބުނެފައިވަނީ ރައީސް މުއިއްޒު މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ކަމުގައި މީގެ ކުރިން އެކި ފަހަރުމަތިން އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން ކައުންސިލްތަކުން އެމަނިކުފާނާ ބައްދަލުކުރެއްވުމަށް އައުމުގެ ބަދަލުގައި، އެމަނިކުފާނު ކަންކުރައްވާނެ ގޮތަކީ ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުން ކަމުގައިވެސް ވިދާޅުވެފައިވާކަން ރައިސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

ރައީސް މުއިއްޒު މިދިޔަ ހަފުތާގައިވަނީ އައްޑޫސިޓީ، ފުވައްމުލައްސިޓީ، ގދ އަދި ގއ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ޒިޔާރާތްކުރައްވާފައެވެ.

އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް ރައިސް އޮފީހުން މައުލޫމާތުދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ