ލ. ގަމުގައި ނިޔާވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ ގަމު މަތިމަރަދޫ ފޮއްތޭ ހަޓް އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހަބަރު ހުސްވެފައި އޮތް މީހެއް އޮތް ކަމަށް މިއަދު 12:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެއެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.