މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން އިންތިޚާބުވެއްޖެނަމަ ޕާޓީ ދޫކޮށް ނުދާނެކަމަށް އިގުރާރުވެއްޖެ

ފަހުގެ ސިޔާސީ

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން، ޕާޓީ ބަދަލުނުކުރާނެ ކަމަށް މާތް ﷲ ގަންދީ ހުވާކޮށް، އިގުރާރުވެއްޖެއެވެ.

އެމްޑީޕީގެ “މިސްރާބު ހަމަމަގަށް” ކެމްޕެއިން ފެށުމުގެ ޖަލްސާގައި ކެންޑިޑޭޓުންނަށް އިގުރާރު ލައިދެއްވީ އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއީލެވެ.

އިޝްތިހާރު
އިޝްތިހާރު

ކެންޑިޑޭޓުން ވަނީ ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ވާދަކޮށް ކާމިޔާބު ކުރެވިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރުމަށް އިގުރާރުވެފައެވެ. އަދި އެ ޕާޓީގެ އަސާސީ ގަވައިދާއި، ޕާޓީގެ އުސޫލުތަކާއި ނިންމުންތަކާއި، ޕާލިމަންޓްރީ ގްރޫޕުގެ ހިންގާ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް މާތްﷲ ގަންދީ ހުވާކުރިއެވެ.

މަޖިލީހަށް ޕާޓީގެ ޓިކެޓްގައި ހޮވޭ މެމްބަރުން ޕާޓީ ދޫކޮށް ދާ މައްސަލައަކީ އާއްމުންނާއި ޕާޓީތަކުގެ ކަންބޮޑުވުމެކެވެ. އެކަން ހައްލުކުރުމަށް މިހާރު އެމްޑީޕިން ވަނީ މަޖިލީހަށް އެންޓިޑިފެކްޝަން ގާނޫނެއް ވެސް ހުށަހަޅާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ