ކުޅުދުއްފުށީގައި މި އަހަރު އިތުރު 2،000 ހައުސިން ޔުނިޓް އަޅަން ފަށަނީ

ޚަބަރު ފަހުގެ

މިދިޔަ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ހދ. ކުޅުދުއްފުށީގައި އިތުރު 2،000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރޭގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކުޅުދުއްފުށީގައި މިހާރު ވެސް ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަޝްރޫއު ކުރިއަށް އެބަދެއެވެ. 1،000 ހައުސިން ޔުނިޓާއި 400 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ ދެ މަޝްރޫއެވެ.

“އެ ދެ މަޝްރޫއާ އެކީގައި އަދި އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންދިއުން އަޅުގަނޑުމެންގެ ވިސްނުމަކީ މި އަހަރު ތެރޭގައި،” ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިއާއެކީގައި ކުޅުދުއްފުށީގައި އަޅާ ހައުސިން ޔުނިޓްތަކުގެ އަދަދު ޖުމްލަ 3،400 އަށް އަރާނެއެވެ.

ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނި، ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށްވެއެވެ. ކުޅުދުއްފުށީގައި އިތުރު 1،000 ހައުސިން ޔުނިޓް އިމާރާތް ކުރަން އެމެރިކާގެ ސްޓްރަކްޗުރަލް އަންލިމިޓެޑް ކޮންސްޓްރަކްޝަން (އީޕީސީ) އާ ހަވާލު ކުރި ނަމަވެސް އެ މަސައްކަތް އަދި ނުފަށައެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ