މެމްބަރުންގެ އަދަދު ގުނާ ގޮތް މަޖިލިހުން ކަނޑައެޅީ ގޯސްކޮށް ކަމަށް ސުޕްރިމް ކޯޓުން ނިންމައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާއާއި ނާއިބު ރައީސް ވަކިކުރުމަށް ވޯޓަށް އެހުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނާ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު ގެނައީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް 87 މެންބަރުން އިންތިޚާބުކުރި ނަމަވެސް މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މެމްބަރުން ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ގުނާ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން އިސްލާހު ގެނެސް މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އިސްލާހު ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ ޢަޒުލު ކުރުމަށް ބޭނުންވާ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ހަމަކުރުމަށް ބޭނުންވަނީ 54 ވޯޓެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ އަދި ޑިމޮކްރެޓްސް އެއްކޮށްލުމުން މެމްބަރުން 57 އަކަށް އަރައެވެ.

ނަމަވެސް ސަރުކާރުން ވަނީ އެ އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް އެދި މިދިޔަ މަހު ފަހުކޮޅު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ މަޖިލީހުގެ ގޮނޑިއެއް ހުސްވުމަކީ އެ ދާއިރާއެއް މަޖިލީހުގައި އެއްކޮށް ތަމްސީލް ކުރުން ހުއްޓޭނެ ކަމެއް ނޫން ކަމަށެވެ. ހަމަ އެހެންމެ މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެނައީވެސް އެކަށީގެންވާ ސަބަބެއް ނެތި ކަން ވެސް ފާހަގަކޮށްފައި ވެއެވެ. އަދި ޒާތީ މަސްލަހަތުގެ ބަދަލުގައި ކުރި އަރުވަން ޖެހޭނީ ވެސް ގައުމުގެ މަސްލަހަތު ކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.

އެހެންކަމުން މެމްބަރުންގެ އަދަދު ގުނާ ގޮތަށް ގެނައި އިސްލާހު ގޯސްކަމަށް ވެސް ހުކުމްގައި ބުނެފައި ވެއެެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ