އެއާ އެމްބިއުލާންސަކީ ރައްކާތެރި ބޯޓެއް – މޯލްޑިވިއަން

ޚަބަރު ފަހުގެ

އެއާ އެމްބިއުލާންސްގެ ހިދުމަތް މިއަދު ފެށި އެކަމަށް ބޭނުންކުރާ ޑޭޝް-8 މަރުކާގެ ބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި އެއްޗަކަށް ވާނެކަމުގެ ޔަގީންކަން މޯލްޑިވިއަން ދީފި އެވެ.

އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އޮން އޮޕަރޭޓްކުރާ ގައުމީ އެއާލައިނުން ބުނީ އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރުމަށް ބަދަލުތަކެއް ގެނައި ބޯޓަކީ އެ ބަދަލުތައް ގެނައުމުގެ ކުރިން އެކުންފުނީގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓްކުރުމަށް ބޭނުންކުރަމުން އައި ބޯޓެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“އެއާ އެމްބިއުލާންސްގެ ގޮތުގައި ބޯޓް ތައްޔާރުކުރެވިފައި ވަނީ އިމަޖެންސީ ފަރުވާ އޭގައި ދެވޭ ގޮތަށް، މެޑިކަލް އިކްވިޕްމަންޓްތައް ހަރުކޮށްގެން. މި ކުންފުނިން މަތިންދާ ބޯޓް ދުއްވުމުގައި އަބަދުވެސް އެންމެ އިސްކަން ދޭނީ ސަލާމާތާއި ރައްކާތެރިކަމަށްކަން ޔަގީންކޮށް ދެން.” މޯލްޑިވިއަން

އެއާ އެމްބިއުލާންސަކީ އެއް ފަހަރާ ދެ މީހުން އުފުލާނެ އެއްޗެކެވެ. އަދި އޭގައި 15 މުވައްޒަފުން ތިބޭނެ އެވެ. އެއީ ފަސް ޑޮކްޓަރުންނާއި ފަސް ނަރުހުންގެ އިތުރުން އެމެޖެންސީ ފަސް މެޑިކަލް ޓެކްނީޝަނުންނެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތަށް މޯލްޑިވިއަނުން ސީޕްލޭނެއް ވެސް ބޭނުން ކުރާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ