ރައީސުލްޖުމްހޫރިއްޔާ ރ އަދި ބ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެތެރެއިން ރ. އަތޮޅާއި ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ފަށްޓަވައިފިއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ރ.އަތޮޅުގެ 5 ރަށަކަށާއި ބ.އަތޮޅުގެ 4 ރަށަކަށް ވަޑައިގަންނަވާނެއެވެ. ފުރަތަމަ ވަޑައިގަންނަވަނީ ރ.އަލިފުއްޓަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދަތުރުފުޅަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވާ ޙާލަތު ދެނެގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވާނެއެވެ. އަދި ރައީސް ވަޑައިގަންނަވާ ރަށްރަށުގެ އިތުރުން އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން އަތޮޅު ކައުންސިލްތަކާއިވެސް ބައްދަލުކުރައްވާނެއެވެ.

މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުން ހިމެނޭގޮތަށް ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. މިދަތުރުފުޅު ނިންމަވާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.

އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މިހާތަނަށް 9 އަތޮޅަކަށް ރައީސުލްޖުމްހޫރިއްޔާވަނީ ވަޑައިގަންނަވާފައެވެ. އެއީ ތ.އަތޮޅު، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގއ، ގދ، ހއ، ހދ، ށ އަދި ނ އަތޮޅެވެ.

ރައީސް މި ފައްޓަވާފައިވާ ދަތުރުފުޅުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގަންނަވާނެއެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރަށްރަށަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ރައްޔިތުންނާއި އެމަނިކުފާނު ޙިއްސާކުރައްވައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ