ހަފްތާ 14ގެ ހުރިހާ ވަޢުދެއްހެން ވަނީ ފުއްދިފައި: ރައީސް

ޚަބަރު ފަހުގެ

ހަފްތާ 14ގެ މަސައްކަތްތަކަށް ކަނޑައެޅި ހުރިހާ ވަޢުދެއްހެން ފުއްދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

“ރައީސްގެ ޖަވާބު” ޕްރޮގްރާމްގައި ރައްޔިތަކު ސުވާލުކުރެއްވީ ސަރުކާރުގެ ވަޢުދުތައް ފުއްދިފައިވާ މިންވަރާ ގުޅޭގޮތުންނެވެ. އެމީހާ ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުން ހޮވާފައިވަނީ، ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމުގެ ބޮޑު އުއްމީދަކާއެކުގައިކަމަށެވެ. އެހެންކަމުން މިހާތަނަށް މި ވަޢުދުގެ ކިހާ އިންސައްތައެއް ސަރުކާރުން ހާސިލްކޮށްފައިވޭތޯ ވަނީ ސުވާލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެންމެ ފުރަތަމަ އިސްކަމެއް ދެއްވީ ސަރުކާރުގެ ހަފްތާ 14ގެ ވަޢުދުތައް ފުއްދެވުމަށްކަމަށެވެ. ރައީސް ވިދާޅުވި ހަފްތާ 14ގައި ހިމެނޭ ހުރިހާ ވަޢުދެއްހެން ފުއްދާފައިވާކަމަށެވެ.

ހަފްތާ 14ގެ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުން ކުރިމަގުގައި ހިންގާނެ ބޮޑެތި މަޝްރޫޢުތަކަށް މަގުފަހިވާ ވަޢުދުތައްވެސް ފުއްދާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ހަފްތާ 14ގައި 161 ވަޢުދު ހިމެނޭ. ދެތިންކަމެއް ނުނިމިވަނީ. 155އަށްވުރެ ގިނަ ވަޢުދުގެ މަސައްކަތްތައް ވަނީ ހާސިލްކޮށްފައި. މީގެއިތުރުން ކުރިމަގަށް ކުރަންހުރި ގިނަ ކަންކަން އެބަހުރި. ކުރިއަށް އޮތް އަހަރަށް އަދި އަހަރުތަކަށް ކުރަންޖެހޭ މަސައްކަތް އެބަ ހިނގާ. އަދި ރަށްރަށަށް ކުރި ދަތުރުގައި ރައްޔިތުން އެދުނު ކަންކަން މިނިސްޓްރީތަކުންނާއި ކުންފުނިތަކުން ވަރަށް ބާރަށް އެބަ ކުރިއަށްގެންދޭ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަފްތާ 14ގައި ޖުމްލަކޮށް ހުރިހާ ދާއިރާތަކުން މަސައްކަތްތައް ވަނީ ހިމަނުއްވާފައެވެ. ވުޒާރާތަކުން ހާސިލްކުރެއްވި ކަންކަމުގެ މަޢުލޫމާތު ކޮންމެ ވުޒާރާއަކުން ވަކިވަކިން އަންނީ ފޯރުކޮށްދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ފަށްޓަވާފައިވާ މަސައްކަތްތަކުގައި، ސަރުކާރުން ދުރު ރާސްތާއަށް ރާއްވަވާފައިވާ ކަންކަންވެސް ފެށިފައިވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. މުއިއްޒަކީ ފޭލްވެފައިވާ މީހެއް. ޢިތުބާރުނެތް ގިނަ ދޮގުތަކެެއްވެސް ހަދާފައިވާ މީހެއް. ޢަހަރެންނަށް ވޯޓު ދެވުނީވެެސް މީނާއަށް