ދިވެހި ދެ ފުލުހަކު، ސިންގަޕޯރ ޕޮލިސް ފޯސްގެ ސީނިއަރ އޮފިސަރ ބޭސިކް ކޯސް ފުރިހަމަކޮށްފި

ޚަބަރު ފަހުގެ

ދިވެހި ދެ ފުލުހަކު، ސިންގަޕޯރ ޕޮލިސް ފޯސްއިން ހިންގި ސީނިއަރ އޮފިސަރ ބޭސިކް ކޯސް ފުރިހަމަކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މި ކޯސް ފުރިހަމަކުރީ އިންސްޕެކްޓަރ އޮފް ޕޮލިސް ޒުލްފިޤާރު އާދަމްއާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަދުނާން ޝަހީމް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ސިންގަޕޯރ ޕޮލިސް ފޯސްއިން ހިންގި ސީނިއަރ އޮފިސަރ ބޭސިކް ކޯސް ފެށީ 2023 މެއި 22 ގައެވެ. 10 މަސްދުވަހަށް ކުރިއަށް ގެންދިޔަ މި ކޯސް ނިންމުމަށް މި މަހުގެ 11 ވަނަ ދުވަހު ސިންގަޕޯރ ޕޮލިސް ފޯސްގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ބައިވެރިވެވަޑައިގެންފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ކޯހުގައި ދިވެހި ދެ ފުލުހުންގެ އިތުރުން ސިންގަޕޯރ ޕޮލިސް ފޯސްގެ 18 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ