އިމުގެ ސަރަހައްދު އަމިއްލައަށް ބަލަހައްޓާތީ އެހެންބަޔަކު ކަންބޮޑުވާނަމަ އެއީ މާބޮޑު ކަންބޮޑުވުމެއް: ރައީސް

ޚަބަރު ފަހުގެ

ރާއްޖޭގެ އިމުގެ ސަރަހައްދު ރާއްޖޭން ބަލަހައްޓަން ފެށުން އެއީ އެހެން ބަޔަކު އެކަމާ ކަންބޮޑުވާ ކަމެއްކަމަށްވާނަމަ އެއީ މާބޮޑު ކަންބޮޑުވުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ ވައިގެ ފޯސް، އަދި ކަނޑުގެ ސަރަހައްދު ބަލަހައްޓާ ޑްރޯންތައް އިފްތިތާހު ކުރުމަށް މިރޭ ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ގައުމެއް ކަމަށެވެ. އަދި އަޅުގަނޑުމެންގެ ސަރަހައްދަށް އަމިއްލަ ސިޔާދަތީ ބާރު ހިނގާކަމަށާއި އަދި މިއީ އަމިއްލަ ސިޔާދަތީ ބާރު ހިނގަންޖެހޭނެ ގައުމެއް ކަމަށެވެ.

“އަޅުގަނޑުމެންގެ ސަރަހައްދު، އަޅުގަނޑުމެންގެ އިންފާރުގެ އެތެރެ ބަލަހައްޓާނީ އަޅުގަނޑުމެން. މިއީ އަޅުގަނޑުމެންގެ ހައްގެއް. ދިވެހި ރައްޔިތުން އެދެމުންދާ، އުންމީދުކުރަމުން އައި ދުވަހެއް.” ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ސަރަހައްދު ދިވެހީން އަމިއްލައަށް ބެލެހެއްޓުމަކީ އެހެންބަޔަކު އެކަމާ ކަންބޮޑުވާންޖެހޭނެ ކަމެއް ނޫންކަމަށާއި އަދި ކަންބޮޑުވާނަމަ އެއީ އަދި މާ ކަންބޮޑުވާންޖެހޭނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެއާކޯގެ ހިދުމަތް މިރޭ އިފުތިތާހު ކުރުމާ އެކު، އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް ތައާރަފުކުރީ އަސްކަރީ ޑްރޯން ނުވަތަ “އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) އެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީ ވިލާތުން ވަނީ ރާއްޖެއަށް އަސްކަރީ 3 ޑްރޯން ގެނެސްފައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގަނެގެން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ “ބައިރަކްތާރު ޓީބީ2” ގެ ދެ ޑްރޯން އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ