ކާށިދޫގައި އެހެލާފައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ އަނދަނީ

ޚަބަރު ފަހުގެ

ކ. ކާށިދޫގައި އެއްގަމަށް އެހެލާފައި އޮތް ދޯންޏެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގީ ބެލެވޭ ގޮތުގައި މިރޭ 12:50 ހާއިރެވެ.

އިޝްތިހާރު
އިޝްތިހާރު

ހާދިސާގެ އިތުރު މައުލޫމާތު ބައެއް މީޑިޔާތަކަށް ހިއްސާކުރައްވަމުން ކ. ކާށިދޫ ކައުންސިލް ރައީސް މުޙައްމަދު އާމިރު ވިދާޅުވީ އަލިފާން ރޯވީ އެހެލާފައި އޮންނަތާ ހަތަރު އަހަރަށްވުރެ ގިނަ ދުވެސްވެފައިވީ ބާ ދޯންޏެއްގައި ކަމަށެވެ.

އެ ތަނުގައި ކައިރިކައިރީގައި، ޖެހިޖެހިގެން ދެ ދޯނި އެހެލާފައި ބާއްވައިފައި އޮތް ކަމަށާއި، އެއް ދޯނިގައި ހުޅު ހިފައި، ރޯވެ ޖެހިގެން އޮތް ދެވަނަ ދޯނީގައި ވެސް ހުޅު ހިފީކަމަށް އާމިރު ވިދާޅުވިއެވެ.

އޭނާ ބުނީ އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ