ފޭސް 2ގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން – ރައީސް

ޚަބަރު ފަހުގެ

ހުޅުމާލެ 2ވަނަ ފިޔަވަހީގައި ކުޅިވަރުކުޅޭނެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި އާއްމު ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ހިޔާ ފްލެޓްގައި ދިރިއުޅޭ، ނިޝްރީނާ މޫސާ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމުން ކަންބޮޑުވުން ފާޅުކޮށް އެކަމަށް ހައްލެއް ގެނެވޭނެ ދުވަހަކާ މެދު ސުވާލުކޮށްފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ހިޔާ ސަރަހައްދުގައި ކުރަންޖެހޭ ކަންކަން ކުރިން ކޮށްފައި ނުވާ ކަމަށާއި އެންނަމަވެސް ސަރުކާރުން މިހާރު ހުޅުމާލެ 2ވަނަ ފިޔަވަހީގައި ޕާކުތަކާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމްކުރުމަށް ޕްލޭންކޮށްފައިވާކަމަށާއި އެމަސައްކަތް ވަރަށްއަވަހަށް ފަށްޓަވާނެ ކަމަށެވެ.

ހުޅުމާލެ 2ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިތާ ގިނަ އަހަރުތަކެއްވެފައިވާއިރު، އެސަރަހައްދަށް ބޭނުންވާވަސީލަތްތައް ގާއިމްކުރެވިފައި ނެތުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ