ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގްސް އަތުލައިގެންފި

ޚަބަރު ފަހުގެ

ރާއްޖެ އެތެރެކުރަން އުޅުނު 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފައިވަނީ 12 މާރިޗު ގައި ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މަސްތުވާތަކެތި ފެނިފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ ފިރިހެނެއްގެ ލަގެޖުންނެވެ. އޭނާގެ އަތުން 5.30 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

މި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ