ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލުގެ ޖޫރިމަނާ މަޢާފްކޮށްދޭން ރައީސް ނިންމަވައިފި

ޚަބަރު ފަހުގެ

ގޭބީސީތަކުގެ ކަރަންޓު އަދި ފެން ބިލް ނުދެއްކި ގިނަ ދުވަސްވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދޭން ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވާފައިވަނީ ރޯދަ މަހު ރައްޔިތުންގެ ކަރަންޓު ބިލްތަކަށް ލުއިގޮތެއް ހައްދަވައި ދެއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެމަނިކުފާނު ލުއި ދިންކަން ހާމަކޮށް ވިދާޅުވީ، މިއީ އާންމު ރައްޔިތުންގެ މާލީ ހާލަތު ރަންގަޅު ކޮށްދިނުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

މިގޮތުން ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފްކުރަން ނިންމާ ކަމާއި ބެހޭ ކުންފުނިތަކަށް މިހާރު އެކަން އަންގާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެފަރާތްތަކަށް ނުދެއްކި ހުރި ފައިސާ ލުއިގޮތްތަކެއް ހައްދަވައި ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ވަނީ އަންގަވާފައެވެ.

ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، ކޮންމެ ރަމަޟާންމަހަކީވެސް ގިނަ ގޭބީސީތަކުގައި ޢާންމުކޮށް ބޭނުންކުރާ ކަރަންޓާއި ފެން ބިލް ބޮޑުވާ މަހެކެވެ. ނަމަވެސް މިފަހަރު ފެންބިލާއި ކަރަންޓު ބިލު އިތުރަށް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ