އިންޓްރަސްޓް ބޮޑުނުވާ ގެދޮރުގެ ލޯނު ވަރަށް އަވަހަށް ދޫކުރާނަން: ރައީސް

ޚަބަރު ފަހުގެ

އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ކުރުމަށް، ފަސް ޕަސަންޓަށް ވުރެ އިންޓްރަސްޓް ބޮޑުނުވާ ގޮތަށް ދޫކުރާ ގެދޮރުގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި، ގެދޮރުގެ މައްސަލަ ހައްލު ކުރެއްވުމަށް އަލަށް އެތައް ކަންތައްތަކެއް ކުރެއްވުމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އެއްކަމަކަށް ފަސް ޕަސަންޓަށްވުރެ އިންޓްރަސްޓް ރޭޓް މަތިނުވާނެ ލޯން ސްކީމްތަކެއް ތައާރަފުކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައިސް ވިދާޅުވީ، އޭގެ ތެރެއިން އެއް ލޯން ސްކީމަކީ ޕަސް ޕަސަންޓަށްވުރެ އިންޓްރަސްޓް ރޭޓް ބޮޑުނުވާނެ ލޯން ސްކީމެއް ކަމަށެވެ. އެކަން ކުރުމަށްޓަކައި ވެސް މިދިޔަ 100 ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތް ކުރެވި މިހާރު ގާތްގަނޑަކަށް ފަންނީ ޓެކްނިކަލް މަސައްކަތްތައް ނިމުކަކާ ހަމައަށް ގޮސްފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހަދަން ފަށާފައިވާ ވަކި ހިސާބަކަށް ގޮސް ނުނިމި ހުރި ގެތައް ހެދުމަށްޓަކައި “ހޯމް ކޮމްޕްލީޝަން” ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފު ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ގިނަދުވަސްވެ މަރާމާތު ކުރަން ޖެހިފައި ހުރި، ރިނޮވޭޝަން ބޭނުންވާ ގެތައް ވެސް ހެދުމަށް ލޯން ސްކީމެއް ތައާރަފު ކުރައްވާނެ ކަމަށެވެ. އަދި އެއީ ވެސް އަތްފޯރާ ފަށުގެ ލޯން ސްކީމުތައް ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ