ހުޅުމާލެ ޖަލުގައި ހުރި ގައިދީއަކު މަރުވެއްޖެ

ޚަބަރު ފަހުގެ

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ރޭ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ކަރެކްޝަންސް ސާވިސް އިން ބުނީ ރ. މަޑުއްވަރީ ވިންޑްމާގޭ އަޙްމަދު އިޖާޒު ،44، މާޗު، 8 ގައި ނޭވާލާން އުނދަގޫވެގެން އުޅޭތީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން ވަނީ އީއާރްގައި އެޑްމިޓް ކޮށްފައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިޖާޒަކީ ޓީބީ ބަލި ހުރި މީހަކަށް ވެފައި ބަލީގެ ހާލަތު ދެރަކަމުން މާޗް ނުވަވަނަ ދުވަހު އައިޖީއެމްއެޗްގެ އައިސީޔޫ ގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށި ކަމަށާއި އަދި ހާލަތު ގޯސްވެ ފަހުން ވެންޓިލޭޓަރަށް ލާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ. އައިސީޔޫއިން އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ ރޭ 11:30 ހާއިރު އެވެ.

އިޖާޒުއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއް ގައި ތިން އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރުމަށް މާޗް ހަތްވަނަ ދުވަހު ހުޅުމާލޭ ޖަލަށް ގެނެވުނު މީހެއް ކަމަށް ވެެސް ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ