ސްޕޯޓްސް މިނިސްޓްރީގެ ދަށަށް ޒުވާނުންގެ މަރުކަޒުތައް ބަދަލުކުރަން ނިންމި ނިންމުން ބާތިލުކޮށްފި

ޚަބަރު ފަހުގެ

ރަށްރަށުގައި ހިންގަމުން އަންނަ ޒުވާނުންގެ މަރުކަޒުތައް ސްޕޯޓްސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް އެ މިނިސްޓްރީން ނިންމި ނިންމުން ބާތިލުކޮށްފިއެވެ.

ރަށްރަށުގައި ހިންގަމުން އަންނަ ޒުވާނުންގެ މަރުކަޒުތައް ސްޕޯޓްސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް އެ މިނިސްޓްރީން ނިންމި ނިންމުން ބާތިލުކޮށްފިއެވެ.

އިޝްތިހާރު
އިޝްތިހާރު

ސްޕޯޓްސް މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ކުޅިވަރު ކުޅެވޭނެ ފުރުސަތުތައް ފަހިކޮށް، ކުޅިވަރު ތަރައްގީކުރުމަށް މުހިންމު ދައުރެއް އަދާކުރާ ޒުވާނުންގެ މަރުކަޒުތައް، އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ނިންމާފައި ވަނީ އެ ތަންތަން ވީރާނާވެފައިވާތީ އަލުން މަރާމާތުކުރުމަށް ކަމަށެވެ.

ޒުވާނުންގެ މަރުކަޒުތަކަށް އަޅާނުލެވި ދޫކޮށްލާފައި ހުރުމުން އެ ތަންތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެއެވެ.

އެހެންނަމަވެސް، އެ މިނިސްޓްރީގެ ނިންމުން ބާތިލުކޮށްފައި ވަނީ ޒުވާނުންގެ މަރުކަޒުތައް މަރާމާތުކުރުމަށް ބައެއް ކައުންސިލުތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާތީ އާއި ބޮޑެތި ހަރަދުތަކެއް ކުރަމުން އަންނާތީ، އެކަން އެގޮތަށް ބަދަލު ކޮށްދޭން ކައުންސިލުތަކުން އެދެމުން އަންނާތީ ކަމަށް ވެސް ސްޕޯޓްސް މިނިސްޓްރީން ބުނެއެވެ.

ސްޕޯޓްސް މިނިސްޓްރީގެ އަމާޒަކީ ޒުވާނުންގެ މަރުކަޒުތައް މަރާމާތުކުރަން ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އަލުން ހިދުމަތްދެވޭ ވަރަށް އެ މަރުކަޒުތައް މަރާމާތުކުރުމެވެ. އަދި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނު ދިނުމުގެ މަސައްކަތް ކައުންސިލުތަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިވަގުތު 41 ރަށެއްގެ ޒުވާނުންގެ މަރުކަޒު ހުރީ ރަށު ކައުންސިލުތަކުގެ ބެލުމުގެ ދަށުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ