ވައުދުތައް ފުއްދުމަށް 200 އަށްވުރެ ގިނަ ބިލް ފާސްކުރަން ޖެހޭ: ރައީސް

ފަހުގެ ސިޔާސީ

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ހުރިހާ ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން 200 އަށް ވުރެ ގިނަ ބިލު ފާސް ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑެތި ވައުދުތައް ވެފައިވާ ކަމަށާއި، އެ ވައުދުތައް ފުއްދުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

އެގޮތުން މިހާރު ހުރި ބައެއް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާއެކު 200 އަށް ވުރެ ގިނަ ބިލު ފާސްކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ދައުރުގައި މަޖިލީހަށް ހުށަހަޅާ އެންމެ މުހިންމު ބިލުތަކުގެ ތެރޭގައި ބިމާ ބެހޭ އާ ބިލަކާއި، ބޯހިޔާވަހިކަމާ ބެހޭ ޚާއްސަ ބިލަކާއި، ރިއަލްއެސްޓޭޓް ބިލު އަދި ބައިބޯވެ ތޮއްޖެހިފައިވާ ސިޓީތަކުގައި ރައްޔިތުންގެ ކަންކަން ބައްޓަން ކުރުމަށް މުހިންމު ބިލުތަކެއް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެވޭނީ، ސަރުކާރުގެ ވިސްނުމާއެކު އެކަންކަން ކޮށްދޭން ބޭނުންވާ ބަޔަކު ގާނޫނު ހަދާ މަޖިލީހަށް ހޮވައިގެން ކަމަށެވެ. އަދި މަޖިލިސް ސަރުކާރަށް ބޭނުންވަނީ ގައުމީ ވިސްނުމުގައި ދިވެހިންގެ ރާއްޖެ ހަގީގަތަކަށް ހެދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ