ފުވައްމުލަކުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރަނީ

ޚަބަރު ފަހުގެ

ފުވައްމުލަކު ސިޓީގައި ފަތުރުވެރިކަމަށް ޚާއްސަކޮށް 12 ހެކްޓަރުގެ ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް އެ ސިޓީ ކައުންސިލާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ފުވައްމުލަށް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގެވެ. އަދި ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަހުމަދު މުބީން އެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެއްބަސްވުމުގެ ދަށުން އެ ބިން ފަތުރުވެރިކަމަށް ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދުމާއި ޕްރޮޖެކްޓް ޑިޒައިންކުރުން އަދި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި އެއްބާރުލުންދީ ގުޅިގެން މަސައްކަތް ކުރުމަށް ރީޖަނަލް އެއާޕޯޓްސް އާ ވަނީ ހަވާލުކޮށްފައެވެ. އަދި، ފަތުރުވެރިންނަށް ކުއްޔަށް ދޫކުރާ ކޮޓަރިތައް ހެދުމާއި ފަތުރުވެރިންނަށް ބޭނުންވާ ރެކްރިއޭޝަނަލް ޚިދުމަތްތައް ވެސް އެއްބަސްވުމުގެ ދަށުން ގާއިމުކުރާނެއެވެ.

މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް އެއަރޕޯޓާ އިންވެގެން އޮންނަ ހުސް ބިން “ބިޅިފޭށި” ސަރަޙައްދުން 12 ހެކްޓަރުގެ ބިމެއް ކަނޑައަޅައިގެންނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ މި މަޝްރޫއަށް އިންވެސްޓަރުން ހޯދައި، މި އަހަރުގެ ފަހުކޮޅު އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ